ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ އޯގަސްޓް 2019

25 ސެޕްޓެމްބަރ 2019


ތިރީގައި މިވަނީ 1 އޯގަސްޓް 2019 އިން 31 އޯގަސްޓް 2019 ގެ ނިޔަލަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ފޯރުކޮށްދެމުންދާ ސަޕްލައި ފެނުގެ ޕީ.އެޗް، އެލެކްޓްރިކަލް ކޮންޑަކްޓިވިޓީ އަދި ފީކަލް ކޮލިފޯމްގެ ތަހުލީލުތަކުގެ ނަތީޖާއެވެ.

ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 187 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 187 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފީކަލް ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 309 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ނަތީޖާތަކުގެ ރިޕޯޓް


ފަހުގެ ޚަބަރުތައް