ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ އޮކްޓޯބަރ 2019

02 ޑިސެމްބަރ 2019


ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 298 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ސާމްޕަލްތަކުގެ ނަތީޖާގެ 89.2 އިން ސައްތަ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 297 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފީކަލް ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 299 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފަހުގެ ޚަބަރުތައް