ޙަބަރު

އީ.ޕީ.އޭގައި ސިންގަލް ޔޫސް ޕްލާސްޓިކްސް ބޭނުން ކުރުން މުޅިން ހުއްޓާލައިފި

16 ޖުލައި 2018


އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ތަންފީޒުކުރަމުންދާ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު ((2013/R-58 ގެ މައިގަނޑު އެއް މަގުސަދަކީ ކުނި މަދުކުރުމުގެ ޕްރިންސިޕަލްތައް އާއްމު ދިރިއުޅުމުގައި އަށަގެންނެވުން ކަމަށްވާތީ، މިހާރު މިއޭޖެންސީއިންވަނީ ސިންގަލް ޔޫސް ޕްލާސްޓިކްސް، ނުވަތަ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލުމަށް ތައްޔާރުކޮށްފައިވާ ޒާތުގެ ޕްލާސްޓިކުން ހަދާފައިވާ ތަކެތި މިއޮފީހުގައި ބޭނުންކުރުމާއި އެތެރެކުރުން 4 ޖުލައި 2018 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.

މިގޮތުންް މިކަން އަމާޒުކޮށްފައި މިވަނީ ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް/ސްޓައިރޮފޯމް އިން ހަދާފައިވާ ކަޕް އާއި ތަށި، އަދި ފެންފުޅި އާއި އެހެނިހެން ލުއިބުއިންތައް ފަދަ، ޕްލާސްޓިކް ކުނި އުފެދޭ ބާވަތްތައް އޮފީހުން އިސްކަންދީގެން މަދުކުރުމަށެވެ. ޕްލާސްޓިކް ކުންޏަކީ ކަނޑުފަޅު ތަޢައްޔަރުކޮށް، އޭގެޒާތުގެ ގޮތުން އެންމެފަހުން މައިކްރޯ ޕްލާސްޓިކްއަށް ބަދަލުވެ އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ މާހައުލަށާއި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުކުރުވާ ނުރައްކާތެރި ބާވަތެކެވެ.

ފަހުގެ ޚަބަރުތައް