ޙަބަރު

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ގަވަރނިންގ ބޯޑު އެކުލަވާލުން

07 އޮކްޓޯބަރ 2020


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ 4 އޮކްޓޯބަރ 2020 ގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ގަވަރނިންގ ބޯޑު އަލުން އެކުލަވާލާފައެވެ. އަލަށް އެކުލަވާލެވުނު ގަވަރިނިންގ ބޯޑުގެ މެމްބަރުންނާއި 7 އޮކްޓޯބަރ 2020 ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ބައްދަލުކޮށް މަރުޙަބާ ދަންނަވާފައެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ 2008 ޑިސެމްބަރ 18 ވަނަ ދުވަހު އުފައްދަވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރި އިދާރާއެއްގެ ގޮތުގައެވެ. މިގޮތުން އަލަށް އެކުލަވާލެވުނު ބޯޑަށް އައްޔަން ކުރައްވާފައިވާ މެމްބަރުންނަކީ:

1.       ޑރ. ޢަބްދުﷲ ނަޞީރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން

2.       ޑރ. ޝަޒްލާ މުޙައްމަދު، ތިމާވެށީގެ ދާއިރާއިން – ރިސަރޗް އެންޑް ޑިވެލޮޕްމަންޓް

3.       ޑރ. އާމިނަތު ޝާފިޢާ، އެގްރިކަލްޗަރގެ ދާއިރާއިން

4.       އަލްފާޟިލާ ޢާއިޝަތު ހުދާ އަޙްމަދު، ތިމާވެށީގެ ދާއިރާއިން (ޕްރައިވެޓް ސެކްޓަރ)

5.       އަލްއުސްތާޛު ޙުސައިން ސިރާޖް، ޤާނޫނީ ދާއިރާއިން

6.       އަލްފާޟިލާ ފާޠިމަތު ޝާހީން، ނޭޝަނަލް ޕްލޭނިންގ ދާއިރާއިން

7.       އަލްފާޟިލާ ޝާހީނާ ޢަލީ، ތިމާވެށީގެ ދާއިރާއިން (ޕްރައިވެޓް ސެކްޓަރ)

ގަވަރިނިންގ ބޯޑު މައިގަނޑު މަސްއޫލިއްޔަތަކީ މި އެޖެންސީއަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި ލަފާ ދިނުމެވެ.


ފަހުގެ ޚަބަރުތައް