ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ އޭޕްރީލް 2019

28 މެއި 2019


ތިރީގައި މިވަނީ 1 އެޕްރީލް 2019 އިން 30 އެޕްރީލް 2019 ގެ ނިޔަލަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ފޯރުކޮށްދެމުންދާ ސަޕްލައި ފެނުގެ ޕީ.އެޗް ،އެލެކްޓްރިކަލް ކޮންޑަކްޓިވިޓީ ފީކަލް ކޮލިފޯމްގެ ތަހުލީލުތަކުގެ ނަތީޖާއެވެ.

ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 283 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ސާމްޕަލްތަކުގެ ނަތީޖާގެ 98.2 އިން ސައްތަ ހުރީ އީ.ޕީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 283 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފީކަލް ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 210 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ. 

 

ފަހުގެ ޚަބަރުތައް