ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ ޖޫން 2019

17 ޖުލައި 2019


ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 242 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ސާމްޕަލްތަކުގެ ނަތީޖާގެ 97.9 އިން ސައްތަ ހުރީ އީ.ޕީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 242 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފީކަލް ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 310 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ނަތީޖާ ތަކުގެ ރިޕޯޓު


ފަހުގެ ޚަބަރުތައް