ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ ޖަނަވަރީ 2020

10 މާޗް 2020


ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 268 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ސާމްޕަލްތަކުގެ %97.4 އިން ސައްތަ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 268 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފީކަލް ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 365 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ނަތީޖާތަކުގެ ރިޕޯޓް

ފަހުގެ ޚަބަރުތައް