ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ އޯކްޓޫބަރ 2020 (އީސީ - ޕީއެޗް-ފީކަލް)

16 ޑިސެމްބަރ 2020


އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 219 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ. 
ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 219 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ. 
ފީކަލް ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 558 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ރިޕޯޓްތައް

ފަހުގެ ޚަބަރުތައް