ޙަބަރު

ވޯޓަރ ކޮލިޓީ ޑޭޓާ މާރިޗް 2019

27 މެއި 2019


ތިރީގައި މިވަނީ 03 މާޗް 2019 އިން 31 މާޗް 2019 ގެ ނިޔަލަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ފޯރުކޮށްދެމުންދާ ސަޕްލައި ފެނުގެ ޕީ.އެޗް އަދި އެލެކްޓްރިކަލް ކޮންޑަކްޓިވިޓީގެ ތަހުލީލުތަކުގެ ނަތީޖާއެވެ.

ފެނުގެ ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 139 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ސާމްޕަލްތަކުގެ ނަތީޖާގެ 92.1 އިން ސައްތަ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

އެލެކްޓްރިކަލް ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 137 ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.

ފަހުގެ ޚަބަރުތައް